ސުޝާންތު ސިންގު ރާޖުޕުތު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަމިއްލަޔަށް މަރުވުމާއި ގުޅިގެން ވަނީ އެތައް ބަޔަކު ސުވާލުތައް ކުރިމަތިކޮށްފައެވެ. އެގޮތުން ސުޝާންތުއަށް އެއްވެސް ކަހަލަ ޒަހަރެއް ނުވަތަ ކެމިކަލެއްގެ ބާވަތެއް ދީފައި ހުރިތޯ ބެލުމަށް ހެދި ރިޕޯޓްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.
މީގެކުރިން ހެދި ސުޝާންތުގެ ޕޯސްޓް މޮޓަމު ރިޕޯޓުން ވެސް ދައްކާފަައިވަނީ އޭނާ މަރުވީ ދަންޖެހުމުގެ ސަބަބުން ނޭވާ ހާސްވެގެން ކަމަށެވެ. ފަހުން ލިބުނު ވައިސެރާ ރިޕޯޓްވެސް ނެގެޓިވް ވުމާ ގުޅިގެން، ސުޝާންތު އަމިއްލަޔަށް މަރުވީ ކަން މިވަނީ ގާތްގަނޑަކަށް ސާބިތު ވެފައެވެ.
ސުޝާންތުގެ މަރުގެ މައްސަލަ މުމްބާއީގެ ބިހާރުގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް ވަނީ ސުޝާންތުގެ އާއިލާ މީހުންނާއި އެކުވެރިންނާއި ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.
ސުޝާންތު އަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ނުވާ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ތަރިއެކެވެ. އެގޮތުން ސުޝާންތު އިންޑަސްޓްރީގައި އެކަހެރިކޮށްލާފައި ބަހައްޓާފައި ކަމަށް ބުނެ ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންނާ ދިމާއަށް އާއްމުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން