ޔޯގީ ކިޑްސް ބައި ޕަސްކުއާލް އަކީ 1969 ވަނަ އަހަރު ސްޕެއިންގައި އުފެދުނު މަޝްހޫރު ޑެއިރީ ކުންފުންޏެއް ކަމަށްވާ ކަލިޑާޑް ޕަސްކުއާލްއިން އުމުރުން އެއް އަހަރުން މަތީގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ތަފާތު ވައްތަރުގެ ސިއްހަތަށް ފައިދާ ލިއްބައިދޭ މޭވާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޔޯގަޓް އަދި ކަސްޓަޑް ޕުޑިންގެ ބާވަތެކެވެ. ޔޯގަޓް ޑްރިންކަށްވުރެ އޮލަ މި ބުއިމަކީ ސްކޫލް އިންޓަވަލް ފޮށްޓަށާއި ދަތުރުމަތީގައި ބޭނުންކުރުމަށްވެސް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.

އާދައިގެ ފިނިކުރި ޔޯގަޓާ ހިލާފަށް، ޔޯގީ ކިޑްސް އުފައްދާފައިވަނީ ލެކްޓިކް ކަލްޗާސް (Lactobacillus bulgaricus އަދި Streptococcus thermophilus) ބޭނުންކޮށްގެން ފާމެންޓް ކުރުމަށްފަހު، ޕެކް ކުރުމުގެ ކުރިން ޕާސްޗަރައިޒްކޮށްގެންނެވެ. މިގޮތަށް ހަދާފައި ހުރުމުން ކުޑަކުދިންގެ ބަނޑަށް ފަސޭހަވެފައި، ފިނި ނުކޮށް ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓެއެވެ. އެގޮތުން، ނުކަނޑައި ހުންނަ ޕެކެޓްތައް 35 ޑިގްރީ ސެލްސިއަސްއަށްވުރެ ފިނި، ހިކި، ތަނެއްގައި އުފެއްދި ތާރީހުން ފެށިގެން ހަތް މަހާއި ނުވަ މަހާ ދެމެދުގެ (210-274 ދުވަސް) މުއްދަތަކަށް ބަހައްޓައިގެން ބޭނުންކުރެވޭނެއެވެ. ނަމަވެސް ޕެކެޓް ކެނޑުމަށްފަހު ފްރިޖުގައި ބަހައްޓައިގެން 24 ގަޑިއިރު ތެރޭގައި ބޭނުންކުރަން ޖެހޭނެ އެވެ.

މި އުފެއްދުން ބާޒާރަށް ނެރެފައިވަނީ 80 ގްރާމްގެ ސްކުއީޒް ޕައުޗް އަދި 125 ގްރާމްގެ ތަށި ގޮތަށެވެ. އަދި 80 ގްރާމްގެ ޕައުޗްތައް ތައްޔާރުކޮށްފައިވަނީ ތިން ފަށަލައިގެ ލެމިނޭޓް ކޮތަޅެއްގައި، ކުޑަކުދިންގެ ކަރުގައި ތާށި ނުވާނެ ގޮތަށް ފަރުމާކޮށްފައިވާ އެންޓި-ޗޯކިން ކެޕް އާއެކުގައެވެ.

ސޯސަން ފިހާރައިން ރާއްޖެ ގެނެސް ވިއްކަނީ، ޔޯގީކިޑްސްގެ ސްކުއީޒް ޕައުޗެވެ. އެގޮތުން ސޯސަން ފިހާރައިން ވިއްކާ ދެ ބާވަތަކީ ޔޯގީކިޑްސްގެ ޓްރޮޕިކަލް ފްރުޓާއި ޔޯގީކިޑްސްގެ ރެޑް ފުރުޓެވެ.

ޔޯގީކިޑްސް ޓްރޮފިކަލް ފުރުޓަކީ ރާއްޖެ ފަދަ ހޫނު ގައުމުތަކުގައި އާންމުކޮށް ހެއްދޭ މޭވާގެ ބާވަތްތައް ހިމަނައިގެން ހަކުރާއި ކިރު ނާޅައި އުފައްދާފައިވާ މޭވާއިން ފުރިފައިވާ އުފެއްދުމެކެވެ. އަދި ޔޯގީކިޑްސް ރެޑް ފުރުޓަކީ ބެރީއާއި ކަރާ ފަދަ ރަތްކުލައިގެ މޭވާތަކުން ތައްޔާރުކޮށްފައިވާ ހުތް ފޮނިކަމެއް އެކުލެވޭ ބުއިމެވެ.

އެހެންކަމުން، މިއީ، ސިއްހަތަށް ފައިދާ ހުރި ކެލްސިއަމް އާއި ވިޓަމިންއާއި ޕްރޮޓީންގެ އެނާޖީން މުއްސަނދިވެފައިވާ މީރު ބުއިމެވެ.

މިއީ ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ހެޔޮ ބަދަލެއް ލިއްބައިދޭނެ ގޮތަށް ފަރުވާކޮށްފައިވާ ކުޑަކުދިންގެ ރަހަތަކަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ ބުއިމެކެވެ. ކުޑަކުދިންނަށް ހާއްސަވިނަމަވެސް ބޮޑެތި މީހުންނަށްވެސް މި ޑްރިންކުގެ ބޭނުންކުރެވިދާނެއެވެ. މި ޑްރިންކް ރާއްޖެ އެތެރެކޮށް ވިއްކަނީ ސޯސަން ފިހާރައިންނެވެ. ސޯސަންގެ އަމާޒަކީ ޕަސްކުއާލްގެ އެހެން ބާވަތްތައްވެސް ރާއްޖޭގެ މާކެޓަށް ތައާރަފުކޮށް ދިވެހީންނާއި ގާތުން ހިދުމަތް ދިނުމެވެ.