ގިނަ ބަނދަރުތަކުގެ މަޝްރޫއުތައް ހުއްޓިފައި ހުރީ ހިލަ ލިބުމަށް ދަތިވުމުގެ ސަބަބުން ކަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ގަފޫރު ސުވާލު ކުރެއްވީ، ހިރިމަރަދޫ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އަމަލީ މަސަކަތް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ އިރަކާއި ނާވައިދޫގެ ނަރުދަމާގެ ބޭނުންކުރަން ނުފެށިވާ މައްސަލަ އާއި އަދި ނާވައިދޫ އާއި ފިނޭގެ ބަނދަރު ހުއްޓިފައިވާ މައްސަލަ އާއި ހަނިމާދޫ ބަދަރުގެ ތޮށިގަނޑުު ބިންދައިގެން ގޮސްފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުންނެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގިނަ ބަނދަރު މަޝްރޫއުތައް ހުއްޓިފައި ހުރީ ހިލަ ލިބުމުގެ ދަތިކަމާއެކީގައި ކަމަށެވެ.

"މެންބަރުގެ ވާކައިން ހީވީ އަޅުގަނޑުމެންހެން ހަނގުރާމައެއް ފަށައިގެން އުޅެނީ ދުނިޔޭގެ އެކި ތަންތަނުގައި ހަނގުރާމަކޮށް ތަކެތީގެ އަގުބޮޑުވުމާއި މިކަންތައްތައް ކުރަނީ ދިވެހި ސަރުކާރުންހެން ހީވަނީ އެހެން ނަމަވެސް އަޅުގަނޑުމެންނަށް އޮތް ދަތިތަކާއެކުވެސް އެކި ގޮތްގޮތުން ހައްލު ހޯދައިގެންކުރައަށް ގެންދެވޭތޯ މިބަލަނީ،"

މިނިސްޓަރު ވިދާޅުވީ، ހިލަ ލިބުމުން ވަރަަށް އަވަހަށް ނިންމޭނެ ވަރަށް ގިނަ ޕްރޮޖެކްޓްތައް އެބަހުރި ކަމަށެވެ.