ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުޅި ރާއްޖެއަށް ވެސް ދުންފުހުގެ އަސަރު ކުރަމުންދާ ކަމަށާއި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިކަމުގެ އަސަރު ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުތަކަށް ދުރުފެންނަ މިންވަރު ދެ ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ވައި ނުސާފުވާނެ ކަމަށެވެ.
މެޓުން ވަނީ ބޭރުގައި އެކި ހަރަކާތްތަކުގައި ގިނަވަގުތު އުޅޭ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓުން އިލްތިމާސްކޮށްފައެވެ.
ވައި ނުސާފުވެފައިވާތީ އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު މާސްކު ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
ކޮމެންޓް