މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ބައެއް ހިސާބުތަކުގެ ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ގައުމީ އިދާރާ، ނެޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން (މެޓް) އިން މިއަދު ބުނީ، މިއަދު ރާއްޖޭގެ މޫސުން އެންމެ ބޮޑަށް ގޯސްވާނީ ދެކުނުގެ އަތޮޅުތަކަށް ކަމަށް ލަފާކުރާ ކަމަށެވެ.
އެހެންކަމުން މުޅި ރާއްޖެއަށް، ހެނދުނު 7:30 އިން މެންދުރު ފަހު 13:30 އަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މިހާރު ކުރަމުން މި ދާ ވިއްސާރަ އަލިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ފަހުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކަނޑުތަށް ގަދަވެ، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
މޫސުމް
މޫސުމް
މޫސުމް
މޫސުމް
ކޮމެންޓް