އީރާނަށް ހެލިކޮޕްޓަރުގައި ހަރުކުރާ 90 މިސައިލް ލޯންޗަރު ދިނުމަށް ރަޝިޔާއިން އެއްބަސްވެއްޖެއެވެ.
ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިކަން ހާމަވެފައިވަނީ ޔޫކްރެއިންގެ އަމިއްލަ އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ ޑަލަސް އެނަލިޓިކްސްއިން ހޯދާފައިވާ ރަޝިޔާގެ ދިފާއީ ސިނާއަތުގެ ސިއްރު ލިޔެކިޔުންތަކަކުންނެވެ.
މި ލިޔެކިޔުންތަކަކީ ރަޝިޔާގެ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ޓެކްޓިކަލް މިސައިލްސް ކޯޕަރޭޝަން (ކޭޓީއާރުވީ) އަދި ހަތިޔާރު އުފައްދާ ވިމްޕެލް ކުންފުނީގެ އެތެރޭގެ ލިޔެކިޔުންތަކެއް ކަމަށް ޑަލަސް އެނަލިޓިކްސްއިން ބުނެއެވެ. މޭ 2024 ގެ ސިޓީއަކާއެކު ހިމަނާފައިވާ 2024 އަދި 2025 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ ތާވަލުގައި، ”ކޭ-10“ ގެ ނަމުގައި ކޯޑު ނަންބަރު ދީފައިވާ ފަރާތަކަށް ”އޭޕީޔޫ-އެލް“ މަރުކާގެ 90 ލޯންޗަރު އުފެއްދުމުގެ އޯޑަރެއް ހިމެނެއެވެ. އެ ނޫހުން ބުނި ގޮތުގައި، ރަޝިޔާގެ ދިފާއީ ލިޔެކިޔުންތަކުގައި ”ކޭ-10“ ބޭނުންކުރަނީ އީރާނަށް ނިސްބަތްކޮށެވެ. މި ލޯންޗަރުތަކަކީ ”އެލްއެމްޔޫއާރު“ ނުވަތަ ”އިޒްދެލިޔޭ 305“ މަރުކާގެ މިސައިލް ފޮނުވާލުމަށް ފަރުމާކޮށްފައިވާ ތަކެއްޗެވެ.
މި ލޯންޗަރުތައް ހަރުކުރުމަށް ހަމަޖެހިފައިވަނީ ރަޝިޔާއިން އީރާނަށް ފޯރުކޮށްދޭ ”އެމްއައި-28“ މަރުކާގެ އަސްކަރީ ހެލިކޮޕްޓަރުތަކުގައެވެ.
ރަޝިޔާއިން މި މަރުކާގެ ހެލިކޮޕްޓަރުތައް ހޯދުމަށް އެއްބަސްވެފައިވާކަން ނޮވެންބަރު 2023 ގައި އީރާނުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އަދި މިދިޔަ ޖެނުއަރީ މަހު އާންމުވި ފޮޓޯތަކުން ތެހެރާންގެ އޭވިއޭޝަން މަރުކަޒެއްގައި އެފަދަ ހެލިކޮޕްޓަރެއް އޮއްވައި ފެނިފައިވެއެވެ. ނަމަވެސް، މި 90 މިސައިލް ލޯންޗަރު އީރާނާ ހަވާލުކޮށްފައިވާކަން އެ ލިޔެކިޔުންތަކުން ކަށަވަރު ނުވާ ކަމަށް ފައިނޭންޝަލް ޓައިމްސްއިން ބުނެފައިވެއެވެ. މި ލޯންޗަރުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ރަޝިޔާ އަދި އީރާނުގެ ރަސްމީ އިދާރާތަކުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރަޝިޔާ
ރަޝިޔާ
ރަޝިޔާ
ރަޝިޔާ
ކޮމެންޓް