މި ހިނގާ ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

މި ނިންމެވުމާއެކު، ކުރިއަށް އޮތް ހަފުތާގައި ސަރުކާރުގެ މުވައްޒަފުންނަށް ޖުމްހޫރީ ދުވަހުގެ ބަންދާއި ހަފުތާ ބަންދު އެއްކޮށް ލިބިގެންދާނެއެވެ.

ރައީސް މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ގައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، އެ ދުވަހާ ގުޅިގެން އަންނަ ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީއެވެ.

މި ބަދަލު ގެންނެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ސަރުކާރުގެ މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.