އެމެރިކާއާއި އީރާނާ ދެމެދު ނުސީދާކޮށް ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެއެވެ.
އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވެންސް ވިދާޅުވި ގޮތުގައި، މަޝްވަރާތަކުން މިހާތަނަށް ކުރިއެރުންތަކެއް ލިބިފައިވާއިރު، އިތުރު ކުރިއެރުންތަކެއް ހޯދޭތޯ އަންނަނީ ބަލަމުންނެވެ. މީގެ އިތުރުން، އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އެމަނިކުފާނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެސް އެބައޮތް ކަމަށް ވެންސްއާ ހަވާލާދީ ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.
ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށާއި، ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކުރުމަށް އީރާނުން ބޭނުންވާ ކަމަށެވެ.
ނަމަވެސް، އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ އިއްޔެ ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ޒިންމާ މިހާރު އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށެވެ. ބަގާއީ ވިދާޅުވި ގޮތުގައި، އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހުރަސްތައް ނިމުމަކަށް ގެނެސް، އީރާނުގެ ގާނޫނީ ޑިމާންޑްތައް ފުރިހަމަ ނުކުރަނީސް އެއްވެސް ނިހާއީ އެއްބަސްވުމެއްގެ މަސައްކަތް ނުފެށޭނެއެވެ. އެ ޝަރުތުތައް ފުރިހަމަ ނުވަނީސް ހޮރުމުޒް ކަނޑުއޮޅި ހުޅުވާލައި، އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގަތަރު މެދުވެރިވެގެން ކުރިއަށްދާ މި ނުސީދާ މަޝްވަރާތަކުގެ ތެރެއިން އީރާނުން ބުނެފައިވަނީ، އެމެރިކާއިން ކަނޑުގެ ހުރަސްތައް އުވާލައި އީރާނުގެ ޝަރުތުތައް ގަބޫލުކޮށްފި ނަމަ، ދެ ދުވަހުގެ ތެރޭގައި ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލެވިދާނެ ކަމަށެވެ.
އީރާނުން ބުނި ގޮތުގައި، މީގެ ކުރިން ހަތް ދުވަހުގެ ތެރޭގައި އެ ކަނޑުއޮޅި ހުޅުވާލުމަށް ހުށަހަޅާފައި އޮތް އޮތުން ދެ ދުވަހަށް ކުރުކޮށްލީ ހެޔޮ ނިޔަތް ދެއްކުމުގެ ގޮތުންނެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް