އުމުރުން 20 އަހަރުގެ ކިމީ އެންޓޮނެލީ ފޯމިއުލާ 1 ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މެކްސިކޯ ސިޓީ ގްރޯން ޕްރީގެ ތިންވަނައިގައި އެންޓޮނެލީ ނިންމާލުމާއެކު އޭނާއަށް ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ޔަގީންވެފައެވެ. އެންޓޮނެލީއަކީ މިދިޔަ 73 އަހަރު ތެރޭގައި ފޯމިއުލާ 1 ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އިޓަލީގެ ފުރަތަމަ ޑަރައިވަރެވެ. މާސެޑޭސް އެންޓޮނެލީ މެކްސިކޯ ސިޓީ ގްރޯން ޕްރީގެ ތިންވަނަ ހޯދި އިރު، އެ ރޭސް ކާމިޔާބުކުރީ ރެޑް ބުލްގެ މެކްސް ވާސްޓަޕެންއެވެ.
ރޭހުގެ ދެވަނަ ހޯދި ފެރާރީގެ ކާމިޔާބު ދުއްވުންތެރިޔާ ލެވިސް ހަމިލްޓަންއެވެ.
އެންޓޮނެލީގެ އުމުރުން 20 އަހަރާއި 68 ދުވަހުގައި ފޯމިއުލާ 1 ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އިރު، އޭގެ ކުރިން އެންމެ ޅަ އުމުރުގައި އެ ޝަރަފު ހޯދާފައި އޮތީ ޖަރުމަނުވެ ސެބެސްޓިއަން ވެޓެލްއެވެ. އެއީ އުމުރުން 23 އަހަރާއި 134 ދުވަހުގެ ތެރޭގައެވެ. ވެޓެލް އެ ކާމިޔާބު ހޯދީ 2010 ވަނަ އަހަރުއެވެ.
މެކްސިކޯގެ ރޭހަށްފަހު އެންޓޮނެލީ ބުނީ ކާމިޔާބީއާއެކު ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައި ހުރި ކަމަށެވެ. އަދިވެސް ކާމިޔާބީ ގަބޫލުކުރަން އުނދަގޫ ކަމަށާއި، މެކްސްގެ އިތުރުން ހެމިލްޓަންއާއެކު ޕޯޑިއަމް ހިއްސާކުރެވުމަކީ ލިބުނު ޝަރަފެއް ކަމަށްވެސް އެންޓޮނެލީ ބުނެފައިވެއެވެ.
އެންޓޮނެލީގެ ކުރިން އެންމެފަހުން ފޯމިއުލާ 1ގެ ދުނިޔޭ ޗެމްޕިއަންކަން ހޯދި އިޓަލީގެ ޑަރިވަރަކީ އަލްބާޓޯ އަސްކާރީއެވެ. އެއީ 1953 ވަނަ އަހަރުއެވެ.
ރޭސިން
ރޭސިން
ރޭސިން
ރޭސިން
ކޮމެންޓް