ރާއްޖޭގެ ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް)އަށް ބައިނަލްއަގުވާމީ ރޭސިން ފެޑަރޭޝަން އިންޓަނޭޝަނަލް ޑެ ލެ އޮޓޯމޮބީލް (އެފްއައިއޭ) ގެ އެފިލިއޭޝަން ލިބިއްޖެއެވެ.
އާރްއޭއެމް އިން އިއުލާނުކޮށްފައިވާ ގޮތުގައި އެފްއައިއޭއިން ރާއްޖޭގެ އެސޯސިއޭޝަނަށް ބައިނަލްއަގުވާމީ އެފިލިއޭޝަން ދޭން ނިންމީ ރުވާންޑާގެ ކިގަލީއާގައި ބޭއްވި އާންމު ޖަލްސާގައި ނެގި ވޯޓަކުން ފާސްކޮށްގެންނެވެ.
ބައިނަލްއަގުވާމީ އެފިލިއޭޝަނާއެކު އާރްއޭއެމްގެ ރައީސް މުހައްމަދު ޝާމިހް ވިދާޅުވީ އެފްއައިއޭގެ އެފިލިއޭޝަން ލިބުމަކީ ރާއްޖޭގެ މޮޓޯސްޕޯޓްސްއަށް ތާރީހީ ކާމިޔާބެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ އެފިލިއޭޝަނާއެކު ގިނަ ފުރުސަތުތަކަކަށް އިތުރު ދޮރުތަކެއް ހުޅުވި، ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި ހާއްސަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ސަލާމަތީ ކަންކަން ފުރިހަމަކޮށްގެން ޒުވާން އެތުލީޓުން ދާއިރާއަށް ނެރުމަށްވެސް އެފިލިއޭޝަން އެހީވެދޭނެ ކަމަށްވެސް ޝާމިހް ވިދާޅުވިއެވެ.
އާރްއޭއެމް އިން ބުނީ ބައިނަލްއަގުވާމީ އެފިލިއޭޝަނާއެކު އެންމެ މަތީ ފަންތީގެ ސޭފްޓީ ސްޓެންޑާޑްތައް ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތްތަކުގައިވެސް ޔަގީން ކުރާނެ ކަމަށާއި، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ކުރިއަށްއޮތް ތަނުގައި ފުރުސަތު ލިބޭނެ ކަމަށެވެ.
އެއާއެކު ރާއްޖޭ މޮޓޯސްޕޯޓްސްގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ވެސް ބައިނަލްއަގުވާމީ ޖަމިއްޔާއާ ގުޅިގެން މަސައްކަތްކުރުމަށް އާރްއޭއެމް އިން ވިސްނާފައިވާ އިރު، ރާއްޖޭގައި ރޭސިން ޓްރެކާއި ތަމްރީނު ސެންޓަރުތައް އަޅަންވެސް މަސައްކަތްކުރާނެ ކަމަށް އާރްއޭއެމް އިން ބުންޏެވެ.
ރޭސިން
ރޭސިން
ރޭސިން
ރޭސިން