ފެޑެރޭޝަން އިންޓަނޭޝަނަލް ޑި އޮޓޯމޯބައިލް (އެފްއައިއޭ) ގެ މުބާރާތެއް ކަމަށްވާ އެފްއައިއޭގެ އޭޝިއާ ޕެސިފިކް މޮޓޯ ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ރާއްޖޭގެ ރޭސިން ޓީމެއް ވާދަކުރުމަށް ފުރައިފިއެވެ.
ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް) އިން ބުނެފައި ވަނީ މިއީ ތާރީހީ މުބާރާތަކަށް ވާނެ ކަމަށާއި ސަބަބަކީ މިއީ ރާއްޖޭގެ ރޭސިން ޓީމަކުން އެފްއައިއޭގެ ރުހުން ލިބިފައިވާ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށްވާތީ ކަމަށެވެ. އޭގެ އިތުރުން މިއީ ރާއްޖޭގެ ރޭސިން ޓީމަކުން މުބާރާތެއްގައި ރަސްމީކޮށް ރާއްޖެ ތަމްސީލުކުރާނެ ފުރަަތަމަ ފަހަރުވެސް މެއެވެ.
އެފްއައިއޭގެ އޭޝިއާ ޕެސިފިކް މޮޓޯ ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ކުރިއަށްދަނީ ސްރީ ލަންކާގައެވެ. އެ މުބާރާތް އިންތިޒާމުކުރަނީ ސިލޯން މޯޓޯ ސްޕޯޓްސް ކްލަބް (ސީއެމްއެސްސީ) އިންނެވެ.
ސްރީ ލަންކާގެ ބަންޑާރަގަމާ ސްޕީޑްވޭ ސާކެޓްގައި މުބާރާތް ކުރިއަށް ދާނީ މާދަމާއިން ފެށިގެން 28 ވަނަ ދުވަހާ ހަމައަށެވެ. ރާއްޖެއިން މިފަހަރު އިވެންޓްގެ ހަތަރު ކެޓަގަރީއެއްގައި ވާދަކުރާނެއެވެ. އެއީ ކާޓިން އެންޑުރެންސް، އީ-ސްޕޯޓްސް، ކާޓިން ސްލަލޯމް އަދި އޮޓޯ ގިމްހާނާގައެވެ.
ރާއްޖެއިން ދިޔަ ޓީމުގައި ހަ ޑްރައިވަރުންނާއި ފަސް އޮފިޝަލުން ހިމެނެއެވެ. އެޓީމު އިއްޔެ ސްރީ ލަންކާގެ ކޮލަމްބޯއަށް ފުރާފައިވާ އިރު، މުބާރާތުގައި ދިވެހި އޮފިޝަލުންވެސް ފެނިގެންދާނެއެވެ.
ރާއްޖެއިން ދިޔަ ސްކޮޑު
- އަހުމަދު އަބްދުﷲ ޖާބިރު
- އަހުމަދު ސިމާހް އަފްޒަލް
- އަބްދުﷲ އަބްދުލް ހަކީމް
- އަލީ ޝާހިގު ޖައުފަރު ނަސީމް
- މުހައްމަދު އިބްރާހީމް
- މުހައްމަދު ޝާމިހް
- މުހައްމަދު ހަމްދާން އައްބާސް
- އިބްރާހީމް ޝަރްވާން ޝަރީފް
- އަހުމަދު ފާރިޝް ނައީމް
- އަހުމަދު ސައީދު
މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް ރޭސިން އެސޯސިއޭޝަނުން މީގެ ކުރިންވެސް ބައެއް މުބާރާތްތަކުގައި ވާދަކޮށްފައިވާ އިރު، ރާއްޖޭގެ ޑްރައިވަރުންނަށް އަދިވެސް އެކަށީގެންވާ ވަސީލަތްތަކެއް ނެތްކަން ފާހަގަކުރެވިފައިވެއެވެ. ހާއްސަކޮށް ރާއްޖޭގައި އަދިވެސް ރަނގަޅު ފެންވަރު ރޭސިން ޓްރެކެއް ނެތުމަކީ އަބަދުވެސް އެސޯސިއޭޝަނަށް އޮންނަ ގޮންޖެހުމެކެވެ.
ރޭސިން
ރޭސިން
ރޭސިން
ރޭސިން