ގދ.ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕަ ސައުތު ކައުންޓަ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަންގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށް، ހަތަރު މީަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ގދ. ތިނަދޫ / މިނިވަންއައްސޭރި، އަހްމަދު ހާޝިމް (36އ)
- ގދ. ތިނަދޫ / ވެހަފުލާ، އަތޫފް އަހްމަދު (25އ)
- ގދ. ތިނަދޫ / ވިލާޑީލައިޓް، ނާޖިދު އަބްދުﷲ (42އ)
- ގދ. ގައްދޫ / ފުސްފަރާގެ، މުހައްމަދު ޝާއިފް ޖަލީލް (18އ)
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އިބްރާހިމް ޒަކީ
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް