ބޮލީވުޑްގެ ޒުވާން އެކްޓްރެސް ޝަނާޔާ ކަޕޫރު މުހިންމު ރޯލަކުން ފެންނަ އާ ވެބް ސީރީޒް، "ސްޓޫޑެންޓް އޮފް ދަ އިޔާ: އާފްޓާ ޑާކް"ގެ ރަސްމީ ޓްރެއިލާ ޖިއޯހޮޓްސްޓާއިން ނެރެފިއެވެ. ރީމާ މާޔާ ޑައިރެކްޓްކޮށްފައިވާ މި ސީރީޒަކީ ޝަނާޔާ ކަޕޫރު އޯޓީޓީ ޕްލެޓްފޯމެއް މެދުވެރިކޮށް ބެލުންތެރިންނާ ބައްދަލުކުރާ ފުރަތަމަ އުފެއްދުން ކަމަށް ބޮލީވުޑް ހަންގާމާއިން ރިޕޯޓުކޮށްފައިވެއެވެ.
އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސެއިންޓް ޓެރީސާސް ކެމްޕަސް ތެރޭގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ސީރީޒްގެ ޓްރެއިލާއިން ފެންނަނީ "ސްޓޫޑެންޓް އޮފް ދަ އިޔާ"ގެ ޝަރަފުވެރި މަގާމު ހޯދުމަށް ކުރިއަށްދާ ވާދަވެރިކަން ނުރައްކާތެރި މިސްރާބަކަށް ބަދަލުވެގެންދާ މަންޒަރެވެ. މި ވާދަވެރިކަމުގެ ތެރެއިން، ގޮތް ނޭނގޭ މަރެއްގެ ސަބަބުން މުޅި ކެމްޕަސްގެ މާހައުލަށް ބިރުވެރިކަން ވެރިވެގެންދެއެވެ.
ޓްރެއިލާއިން ދައްކާ ގޮތުގައި، މި ސީރީޒްގައި ޝަނާޔާ ކަޕޫރު ފެންނަނީ އެއްމާބަނޑު ދެބެންގެ ރޯލުންނެވެ. އޭގެ ތެރެއިން ސްކޫލުގެ އެންމެ މަގުބޫލު ދަރިވަރު ކަމަށްވާ އާއިޝާ މަލިކް ގޮތް ނޭނގޭ ގޮތަކަށް މަރުވުމުން، އޭނާގެ އެއްމާބަނޑު ކޮއްކޮ އަދިތީ ނުކުންނަނީ އެ މަރުގެ ފަހަތުގައިވާ ހަގީގަތް ހޯދުމަށެވެ.
ދައްތަގެ މަރުގެ ތަހުގީގު ފުރިހަމަކޮށް ޖަވާބު ހޯދުމަށްޓަކައި އަދިތީ ކެމްޕަސްގެ އެ ނުރައްކާތެރި ވާދަވެރިކަމުގެ ތެރެއަށް ވަންނަ ތަން ޓްރެއިލާގެ މަންޒަރުތަކުން ފެނެއެވެ. މި ސީރީޒް އަންނަ ނޮވެންބަރު 13 އިން ފެށިގެން ޖިއޯހޮޓްސްޓާ މެދުވެރިކޮށް ސްޓްރީމްކުރަން ފަށާނެ ކަމަށް އެ ޕްލެޓްފޯމުން ވަނީ އިއުލާންކޮށްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް