މާލޭގެ ފުޓްބޯޅަ ކުޅުމަށް އެންމެ ގިނައިން ބޭނުންކުރާ އެއް ދަނޑު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެއް ނަންބަރު ޓާފް ދަނޑުގެ، ޓާފް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ކަމަށެވެ. އޭގެ އިތުރުން މިނިސްްޓްރީން ބުނެފައި ވަނީ ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ޓާފާއި އެހެނިހެން ތަކެތި ފޯރުކޮށްދީފައިވަނީ މިނިސްޓްރީންނެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގެ ފަރިތަކުރުންތަކަށާއި، އެކަޑެމީތަކުންވެސް ބޭނުންކުރާ އެއް ނަންބަރު ޓާފް ދަނޑުގެ ޓާފް ގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެ ދަނޑުގެ ޓާފްގަނޑު އެންމެ ފަހުން ބަދަލުކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެވެސް ވަރަކަށް މަރާމާތުކުރި ނަމަވެސް އެއްކޮށް ބަދަލުކޮށްފައެއް ނުވެއެވެ.
މާލެ ސަރަހައްދުގައި މިހާރު ބޭނުންކުރަމުންދާ ދެ ޓާފް ދަނޑުވެސް އޮތީ އެ ސަރަހައްދުގައެވެ. އޭގެ އިތުރުން އިތުރު ދެ ދަނޑު އަޅަން މިހާރު އެފްއޭއެމްއިން ދަނީ މަސައްކަތް ކުރަމުންނެވެ. ކުރިންވެސް މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ޓާފް ދަނޑުތައް ތަރައްގީ ކުރަން ފީފާގެ އެހީއާއެކު އެފްއޭއެމްއަށް ފުރުސަތު ލިބުނު ނަމަވެސް، ކުރިން އޮތް ވެރިކަމުގައި އެ ފައިސާ އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކޮށްފައެއް ނުވެއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ކޮމެންޓް