ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން 1،200 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ވަގުތުން ދެއްކޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވާފައިވާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި "އަހާ" ފޯރަމުގެ 10ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ހިނގަމުންދާ މަސައްކަތްތައް، އެ ދާއިރާއެއްގެ މިނިސްޓަރެއްގެ ސީދާ ބެއްލެވުމުގެ ދަށުން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.
ޒަރީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މަސައްކަތަށް ބޭނުންވާ ސާމާނު ގެނައުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ސަރުކާރުން އިސްކަންދޭ ތަރުތީބުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ފައިސާގެ ދަތިކަމެއް ނާންނާނެ ގޮތަށް ބަލައިގެން ކަމަށެވެ.
އެގޮތުން، މިވަގުތުވެސް 1,273 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ސަރުކާރުން އަދާކުރަންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ފުރިހަމަކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ހުރިހާ ރަށެއްގައިވެސް ހުރިހާ ޕްރޮޖެކްޓެއްވެސް އަޅުގަނޑުމެން ޕްރިއޮޓައިޒް ކޮށްފައިވާ ގޮތަށް ފައިސާ ހަމަޖައްސައިގެން ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް