ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ ހަފުތާގައި ޕާކިސްތާނަށް ރަސްމީ ދަތުރެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޕާކިސްތާނުގެ 'ސަމާ ނިއުސް' އިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20-22 އަށެވެ.
މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަހު، ޕާކިސްތާނަށް ރާއްޖޭގެ ރައީސަކު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ސަމާ ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާވެސް ވަކިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެެވެ.
މީގެ އިތުރުން އެ ދަތުރުގައި 12 ވަރަކަށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބައެއް އޮފިޝަލުންނާ ހަވާލާދީ "ސަމާ ނިއުސް" ގައި ބުނެފައިވެއެވެ.
ރައީސްގެ ދަތުރުފުޅުގައި، ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މަސައްކަތްތައް އަލުން ދިރުވުމާ ގުޅޭ ގޮތުން ވެސް ދެ ގައުމުގެ އިސްވެރިން މަޝްވަރާ ކުރައްވާނެ ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ރަސްމީ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އަލީ ޔާމިން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ކޮމެންޓް