މިދިޔަ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭ ފޭސް 2 ގައި ވަންވޭއާ ދެކޮޅަށް ތިން މީހުން ތިބެގެން ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގެ މައްސަލަގައި މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިރުމަތީގެ، ލ. މާމެންދޫ މުހައްމަދު ސައިފް 27އ އެވެ.
ސައިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.
އެ އެކްސިޑެންޓުގައި، ތިން މީހުން ތިބި ސައިކަލު ދުއްވަން އިނީ ގިނަ ކުށްތަކެއްގެ ރެކޯޑް އޮންނަ އަދި ބަންދު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލާފައިވާ ހ. ލާމިޔާ، އަހްމަދު އުވެއިސް އެވެ.
ކުރިމިނަލް ކޯޓުން މި މަހުގެ އެއް ވަނަ ދުވަހު ނެރެފައިވާ ބަންދު ކޯޓު އަމުރުގައިވާ ގޮތުން، އަހްމަދު އުވެއިސް ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުގެ މައްސަލައެއްގައެވެ. އެގޮތުން އެދުވަހު އޭނާ ވަނީ 15 ދުވަހަށް ބަންދު ކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ މި މަހުގެ 16 އަށެވެ.
އޭނާ ބަންދުން ދޫކޮށްލާފައިވާ މައްސަލައާ ގުޅިގެން "ވަން" އިން ފުލުހުންނާ ސުވާލު ކުރުމުން ބުނެފައިވަނީ، ބަންދު މުއްދަތުގެ ކުރިން އޭނާ ދޫކޮށްލާފައިވަނީ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ ބައި ނިމިފައިވާތީ ކަމަށެވެ. އެގޮތުން އޭނާ ދޫކޮށްލާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކަމަށެވެ.
ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގައި ޖުމުލަ ފަސް މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން ހަތަރު މީހެއް ހާލު ސީރިއަސް އިރު، ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް