ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ރަށުމާރުކޭޓުން ނުވަ ގޮޅިއެއް ކުއްޔަށް ހިފުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނި ގޮތުގައި، މި ގޮޅިތައް ކުއްޔަށް ހިފާ ފަރާތްތައް ކަނޑައަޅާނީ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުންނެވެ.
ރަށުމާރުކޭޓުން ގޮޅި ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 15:30 ގެ ނިޔަލަށެވެ. އެޗްޑީސީން އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ އެ ކޯޕަރޭޝަންގެ ވެބްސައިޓުގައިވާ ހާއްސަ ލިންކެއް މެދުވެރިކޮށް އޮންލައިންކޮށެވެ.
ގޮޅިތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ 18 ވާ ބުދަ ދުވަހުގެ 13:00 ގައެވެ. މި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޑީސީ އޮފީސް އިމާރާތުގެ ހުޅަނގުން، އެޗްޑީސީ އިމާރާތާއި ފްލެޓް 12 އާ ދެމެދުގައިވާ ހުސްބިމުގައި ގާއިމުކޮށްފައިވާ ޓެންޓެއްގައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުންނާއި އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުމުން ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް