ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ރާއްޖޭގެ ގޮފި، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ދޭ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވިމްއެމްވީން މައުލޫމާތު ދޭ ގޮތުގައި، މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. އިއްޔެއިން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ފުރުސަތުގައި އެވޯޑަށް ކުރިމަތިލާން ޖެހެނީ އެކަމަށް ހާއްސޮށްފައިވާ ގޫގަލް ފޯމަކުން އޮންލައިންކޮށެވެ.
އެ ޖަމިއްޔާއިން މައުލޫމާތު ދިން ގޮތުގައި، އެހެން ފަރާތްތަކުން އެވޯޑަށް ނަން ހުށަހެޅުމުގެ އިތުރުން، ޝަރުތު ހަމަވާ ކަނބަލުންނަށް އަމިއްލައަށް ވެސް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
މި އެވޯޑާ ގުޅޭގޮތުން ވިމްއެމްވީގެ ރައީސާ މިންހާ ފާއިޒު ރަޝާދު ވިދާޅުވި ގޮތުގައި، ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެ އެވޯޑަކީ ގައުމަށާއި މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ޝުކުރުވެރިކަމުގެ އިނާމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ އެވޯޑުގައިވެސް މައިގަނޑު ފަސް ކެޓަގަރީއަކުން އެވޯޑު ދޭނެއެވެ. އެއީ ކެރިއާ އެވޯޑް ކެޓަގަރީއާއި، ބިޒްނަސް އެވޯޑް ކެޓަގަރީއާއި، ޕްރޮފެޝަނަލް ކެޓަގަރީ، ސްޕެޝަލް އެވޯޑް ކެޓަގަރީގެ އިތުރުން ކޯޕަރޭޓް ކެޓަގަރީއެވެ.
ވިމް އަކީ އަންހެނުން ބާރުވެރިކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ރާއްޖޭގެ ގޮފި ހުޅުވާފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭގެ ފަހުން ވިމްއެމްވީން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރިކުރުވުމަށާއި، އެކި ކަންކަމަށް އަހުލުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވިމްއެމްވީން ބުނި ގޮތުގައި، މިއަހަރުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ޑިސެންބަރު މަހުއެވެ. ނަމަވެސް ރަސްމިއްޔާތު ބާއްވާނެ ވަކި ތާރީހަކާއި ތަނެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެވޯޑާ ގުޅޭ އިތުރު މައުލޫމާތު ވިމްގެ މީސްމީޑިއާ ޕޭޖުތަކުން ލިބެން ހުންނާނެއެވެ.
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް
ކޮމެންޓް