ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 11:00 އަށް ފަސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން "ވަން އޮންލައިން" އަށް ބުނީ 9:00 ގައި ފަށަން އޮތް މަޖިލިސް ޖަލްސާ ފަސް ކުރީ، މަޖިލިސް އިދާރާއިން ކަރަންޓް ދިއުމުންގެ ސަބަބުން ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީވެސް އެންމެ ދެ މަސައްކަތެވެ.
އެއީ ޔައުމިއްޔާ ފާސް ކުރުމާއި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.
ނަމަވެސް މަޖިލީހުގެ ގިނަ ކޮމިޓީތަކެއް މިއަދުވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ފަސް ކޮމިޓީއެއްގެ ހަ ބައްދަލުވުން ބާއްވަން އެޖެންޑާ ކޮށްފައިވާއިރު އެ ކޮމިޓީތަކުގައި މުހިއްމު މަސައްކަތަތްކެއް ކުރިއަށް ގެންދަން ވަނީ އެޖެންޑާ ކޮށްފައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް