މާލޭ ސިޓީ ކައުންސިލުގެ "މާވެހި" ޕޯޓަލް މެދުވެރިކޮށް ރަށްވެހީންގެ ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާ ފަރާތްތަކަށް އޮންލައިންކޮށް އެ ހިދުމަތް ލިބޭނެ އިންތިޒާމު އެ ކައުންސިލުން ހަމަޖައްސައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، މި ބަދަލު ގެނައުމުގެ ކުރިން ގިނަ އަދަދެއްގެ ރައްޔިތުން ރަށްވެހިކަން ބަދަލުކުރުމަށް މާވެހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހުނުކަން ވަނީ ފާހަގަކުރެވިފައެވެ. ރަށްވެހިކަމުގެ ސެޓްފިކެޓުގައި ޖަހަން ޖެހޭ ފޮޓޯ ކައުންސިލުގެ އިދާރާއަށް ހާޒިރުވެގެން ހުށަހަޅަން ޖެހުމަކީ ވެސް އާންމުންނަށް ދިމާވި އިތުރު ތަކުލީފެއް ކަމަށް ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި ކަންކަން ފާހަގަވުމާ ގުޅިގެން ކައުންސިލަރުންނާއި ވައިޓަލް ރެޖިސްޓްރޭޝަން ޑިޕާޓްމަންޓުގެ އެއްބާރުލުމާއެކު އެންމެހައި ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އެއާއެކު މާވެހި ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ރަށްވެހިކަމުގެ ރަޖިސްޓްރީ ހެއްދޭނެ ކަމަށެވެ.
އޮންލައިންކޮށް ރަށްވެހިކަމުގެ ރަޖިސްޓްރީއަށް އެދޭ ފަރާތްތަކަށް ކުރިން ދިމާވި ފަދަ ދަތިތަކެއް ނެތި މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާތީ، ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދަން ބޭނުންވާ އެންމެހައި ފަރާތްތަކުން މާވެހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކައުންސިލުން އެންމެ އިސްކަމެއްދެނީ ރައްޔިތުންނަށް ދިމާވާ މިފަދަ ދަތިތައް ދެނެގަނެ، އެކަންކަމަށް އެންމެ އެދެވޭ ހައްލު ހޯދައިދިނުމަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
ކޮމެންޓް