ސައުދީ އަރަބިއާގައި ބޭއްވި 27 ވަނަ ގަލްފް ކަޕްގެ ޗެމްޕިއަން، ހޯސްޓް ގައުމުން ހޯދައިފިއެވެ

ސައުދީން ރޭ ކުޅުނު ގަލްފް ކަޕްގެ ފައިނަުގައި އެކުވެރި އަރަބި އިމާރާތުގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ސައުދީން 2004 ވަނަ އަހަރަށްފަހު ގަލްފް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން ރޭ އެޓީމުން ނިމުން ގެނެސްފައި ވަނީ 22 އަހަރުގެ ދިގު އިންތިޒާރަކަށެވެ.

މުބާރާތުގައި ސައުދީ ކޮޅަށް ގޯލެއްވެސް ވަދެފައި ނުވާ އިރު، މެޗުގެ 11 ވަނަ މިނެޓުގައި ލީޑު ނަގާފައިވެއެވެ. ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސައުދީއަށް ލީޑު ނަގައިދިނީ ހައްމާމް އަލް ހައްމާމީއެވެ. އޭގެ އިރުކޮޅެއް ފަހުން ސައުދީގެ ދެވަނަ ގޯލްވެސް ފެނިގެން ދިޔައެވެ.

ސައުދީގެ ދެވަނަ ގޯލްވެސް ފުރަތަމަ ހާފުގައި ފެނުނު އިރު، އެ ގޯލް ޖަހައިދިނީ ފެރާސް އަލް ބްރިކަންއެވެ. އެއީ ގޯލް ކައިރިން ލިބުނު ފުރުސަތެއްގައި އޭނާ ޖަހައިދިން ގޯލެކެވެ.

ރޭގެ މެޗަށްފަހު ޖޯޖިއޯސް ޑޮނީސް ބުނީ ގަލްފް ކަޕު ހޯދުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށާއި، ވޯލްޑް ކަޕްގެ ނަތީޖާތަކުން ސައުދީން ފިލާވަޅުތައް ހޯދާފައިވާ ކަމަށެވެ. އަދި ކުރިއަށް ޗެލެންޖަކީ ބޮޑު ޗެލެންޖެއް ކަމަށާއި، އެއީ އޭޝިއަން ކަޕަށް އަމިއްލަ ފަސްގަނޑުގައި ނުކުތުން ކަމަށް ޑޮނީސް ބުންޏެވެ.

ސައުދީން އޭޝީއަން ކަޕްގައި އަންނަ އަހަރު އަމިއްލަ ފަސްގަނޑުގައި ނުކުންނާނީ ޖެނުއަރީ ހަތަކުން ފެބްރުއަރީ ފަހަކަށެވެ. ސައުދީ ގްރޫޕްގައި ހިމެނެނީ ކުވައިތާއި އޮމާންގެ އިތުރުން ފަލަސްތީނެވެ.