އެވިޑް ކޮލެޖުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.
މި ހަރަކާތުގައި އެވިޑް ކޮލެޖުގެ ޗެއާމަން މުޝްތާގު ރަޝާދު އަދި ރެކްޓާ މަރިޔަމް ވަސީމާގެ އިތުރުން، ކޮލެޖުގެ ލެކްޗަރާރުންނާއި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގެ ތެރެއިން އެންމެން އެކުވެރިކަމާއެކު ބައިވެރިވި ހާއްސަ ނާސްތާއަކާއި، މަޖާ ގޭމިން ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެވިޑް ކޮލެޖުގެ ރެކްޓާ މަރިޔަމް ވަސީމާ ވަނީ އެވިޑް ކޮލެޖުގެ ތަފާތު އެކި ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގައި މުވައްޒަފުން ދައްކުވައިދޭ ހުނަރާއި ހިތްވަރަށްޓަކައި ޝުކުރު އަދާކުރައްވައި، އެ ބޭފުޅުންގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެވިޑް ކޮލެޖަކީ ގާބިލު އަދި ހުނަރުވެރި ފަރާތްތަކެއް ތިބި ތަނެއްކަން ފާހަގަކުރެއްވިއެވެ.
ވަސީމާ ވަނީ ޒަމާނީ ތައުލީމީ މާހައުލެއްގައި މުދައްރިސުންގެ ދައުރާއި ބަދަލުވަމުންދާ މަސްއޫލިއްޔަތުތަކާއި ހަލުވިކަމާއެކު ބަދަލުވަމުންދާ ޒަމާނީ ދުނިޔެއާ އެއްހަމައެއްގައި ތައުލީމު ފޯރުކޮށްދިނުމުހެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މި ހަފްލާގައި އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދު ވަނީ އުނގަންނައިދިނުމުގެ މަސައްކަތް އެއީ އެންމެ ގަޔާވާ ހޮބީއެއްގެ ގޮތުގައި ދެކެވަޑައިގެން، އުފަލާއި ޝައުގުވެރިކަމާއެކު ކުރިއަށް ގެންދެވުމަށް ޓީޗަރުންނަށް އިލްތިމާސްކުރައްވައިފައެވެ.
ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާއަށް ބަލާއިރު، ވޭތުވެދިޔަ އަހަރުތަކުގައި އެވިޑް ކޮލެޖުން ވަނީ ތައުލީމީ ޖީލެއް ބިނާކުރުމުގައި ވަރަށް އަގުހުރި، ފާހަގަކޮށްލެވޭ ދައުރެއް އަދާކޮށްފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމުގައްޔާއި، ގައުމަށް ބޭނުންވާ އެކި ދާއިރާތަކުން ގާބިލު މީހުން އުފެއްދުމުގައި އެ ކޮލެޖުން ހިންގާ ހަރަކާތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.
އަލީ ޔާމިން
އެވިޑް ކޮލެޖް
އެވިޑް ކޮލެޖް
އެވިޑް ކޮލެޖް
ކޮމެންޓް