ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާންގެ ކުރިއަށް އޮތް ފިލްމު "ކިންގް" ގައި ހާއްސަ ފެނިލުމަކުން ކަރީނާ ކަޕޫރު ފެނިދާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫހެއް ކަމަށްވާ ޕިންކްވިލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 15 އަހަރަށް ފަހު މި ދެ ތަރިން އެކުގައި ފެނިގެންދާނީ ފިލްމުގައި ހިމެނޭ "ޑެޑީ ކޫލް" ނަމަކަށް ކިޔާ ލަވަޔަކުންނެވެ. މި ލަވައިގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅު ދެކުނު އެފްރިކާގައެވެ. މި ލަވައިގެ ޝޫޓިންއަށް ކަރީނާ ފަސް ދުވަސް ހުސްކޮށްފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
ޕިންކްވިލާއަށް މައުލޫމާތު ދިން ފަރާތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، "ޑެޑީ ކޫލް" އަކީ ވަރަށް ހާއްސަ ލަވައެއްގެ ގޮތުގައި ތައްޔާރުކުރަމުން އަންނަ ލަވައެއް ކަމަށާއި، މީގެ ކުރިން ބެލުންތެރިންނަށް ފެނިފައިނުވާ ފަދަ ގޮތަކަށް ޝާހްރުކް ހާން އަދި ކަރީނާ މި ލަވައިން ފެނިގެންދާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފިލްމު އުފައްދާ ފަރާތުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ކަރީނާ ނުވަތަ ޝާހްރުކް ހާންވެސް މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ސިދާތު އާނަންދު ޑައިރެކްޓުކުރާ "ކިންގް" އަކީ ޝާހްރުކް ހާންގެ އިތުރުން އޭނާގެ އަންހެން ދަރިފުޅު ސުހާނާ ހާން، ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން އަދި ރާނީ މުކަރްޖީ ފަދަ ތަރިން ފެނިގެންދާނެ ފިލްމެކެވެ. ޝާހްރުކް ހާން އަދި ކަރީނާ އެންމެ ފަހުން އެކުގައި ފެނިފައިވަނީ 2011 ވަނަ އަހަރު ނުކުތް ފިލްމު "ރާ.ވަން" އިންނެވެ.
ކަރީނާ ކަޕޫރް
ކަރީނާ ކަޕޫރް
ކަރީނާ ކަޕޫރް
ކަރީނާ ކަޕޫރް
ކޮމެންޓް