15 އަހަރަށް ފަހު، މަގުބޫލު ކޮމެޑީ ފިލްމު 'ތްރީ އީޑިއަޓްސް' ގެ ދެވަނަބައެއް އުފައްދަން ނިންމާފައިވާކަން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ބޮލީވުޑް ހަަބަރުތަކުގައި ވާ ގޮތުގައި ފިލްމުގެ ސީކުއިލްގައިވެސް އާމިރު ޚާން، ކަރީނާ ކަޕޫރު ޚާން، އާރް. މާދަވަން، އަދި ޝަރުމަން ޖޯޝީ ފަދަ ކުރީގެ ކާސްޓު އަލުން ފެނިގެންދާނެއެވެ. ޑައިރެކްޓް ކުރާނީ ރާޖްކުމާރު ހިރާނީއެވެ.
މި ޕްރޮޖެކްޓަށް ވިދޫ ވީނޫދު ޗޯޕްރާ، ހިރާނީ އަދި އަމީރު ޚާން އެހީތެރިވާނެ ކަމަށް ވެއެވެ. ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދެއްހައި ހިސާބުގައެވެ. ފިލްމުގެ ސްކްރިޕްޓް ވަނީ ފައިނަލްކުރެވިފައި ކަމަށާއި، ފުރަތަމަ ފިލްމުގެ ބައެއް ކަންކަން އަލުން މި ފިލްމުން ފެންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމުގެ ކޮންޓިނިއުޝަން ފަށާނީ، ކުރީގެ ކެރެކްޓަރުން އެންމެ ފަހުން ވަކިވިތާ 15 އަހަރު ފަހުން، އާ އެޑްވެންޗަރއަކަށް އެއްވުމުން ކަމަށް ހަބަރުތައް ބުނެއެވެ.
ރާޖްކުމާރު ހިރާނީ، އޭނާގެ 'ދާދާސާހެބް ފާލްކޭ' ބަޔޮޕިކްގެ މަސައްކަތް ހުއްޓާލުމަށް ފަހު، މި ސީކުއެލްގެ ސްކްރިޕްޓަށް ވަގުތު ހޭދަކުރި ކަމަށް ހަބަރުތައް ބުނެއެވެ. 2009 ގައި ރިލީޒްކުރި ތްރީ އިޑިއަޓްސް އަކީ ކަލްޓް ކްލާސިކެއްގެ ގޮތުގައި ފާހަގަ ވެ، އިންޑިއާގެ ތައުލީމީ ނިޒާމާ ބެހޭ ގޮތުން މަޝްވަރާތައް ފެށި ފިލްމެކެވެ. 200 ކްރޯޑް ކްލަބަށް ވަދެ، ބޮލީވުޑްގައި އާ ރެކޯޑްތައް ހެދި މި ފިލްމަކީ، އޭގެ ސީކުއެލް މިހާރު ވެސް އެންމެ އިންތިޒާރު ކުރެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.
އާމިރް ޚާން
އާމިރް ޚާން
އާމިރް ޚާން