އިންޑިއާގެ މުމްބާއީގެ ފިލްމް ސިޓީގައި ހަދާފައިވާ 'ޕަތީ ޕަތްނީ އޯރް ޕަންގާ 2' ގެ ސެޓުގައި ރޯވި އަލިފާނުގެ ދުމުގެ އަސަރު ކައިރީގައި ހުރި ސެޓުތަކަށް ކުރުމާ ގުޅިގެން، އަމީތާބް ބައްޗަން އާއި ރެޕާ ބާދްޝާ އެ މީހުން މަސައްކަތްކުރަމުންދިޔަ ސެޓުތަކުން ނެރެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު 4:00 ހާއިރު ގޯރޭގާއޯން އީސްޓްގައި ހުންނަ ޕްރައިމް ފޯކަސް ސްޓޫޑިއޯގެ ފަހަތުގައި ހަދާފައިވާ ވަގުތީ ސެޓެއްގައެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލިފާން ރޯވީ 'ޕަތީ ޕަތްނީ އޯރް ޕަންގާ 2' ގެ ސެޓުގެ ބޭރުގައި ހަދާފައިވާ ހިޔާގަނޑެއްގައެވެ. އެ ވަގުތު އެ ސެޓުގައި އެއްވެސް ޝޫޓިންއެއް ކުރިއަށް ނުދާތީ އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ނަމަވެސް، އަލިފާނުގެ ދުމުގެ އަސަރު ޖެހިގެން ހުރި 'ކޯން ބަނޭގާ ކްރޯރްޕަތީ' (ކޭބީސީ) އަދި 'ހަސްލް 5' ގެ ސެޓަށް ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އޯލް އިންޑިއާ ފިލްމް އެމްޕްލޯޔީސް ކޮންފެޑެރޭޝަން (އޭއައިއެފްއީސީ) ގެ ރައީސް އަޝޯކް ދުބޭ ބުނި ގޮތުގައި، ދުމުގެ ސަބަބުން ކޭބީސީގެ ސެޓުން އަމީތާބް ބައްޗަން ނުކުންނަން ޖެހުމުން، އެ ޝޯގެ ޝޫޓިން ގާތްގަނޑަކަށް ގަޑިއިރަކާއި ބައިގެ ވަގުތަކަށް މެދުކަނޑާލަން ޖެހުނެވެ. މީގެ އިތުރުން، 'ހަސްލް 5' ގެ ފިނާލޭ ޝޫޓިން ކުރިއަށްދިޔަ ސެޓަށް ދުމުގެ އަސަރު ކުރުމުން، އެ ޝޯގެ ފަނޑިޔާރު ބާދްޝާ އާއި އެކްޓަރު ސަމަރްތު ޖުރެލްގެ އިތުރުން ބައިވެރިން ވަނީ ސެޓުން ނެރެފައެވެ.
މި ހާދިސާއާ ގުޅިގެން ފިލްމް ސިޓީގެ ސަލާމަތީ ކަންކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. އޯލް އިންޑިއަން ސިނޭ ވޯކާސް އެސޯސިއޭޝަން (އޭއައިސީޑަބްލިއުއޭ) އިން ވަނީ މި މައްސަލަ ތަހުގީގުކޮށް، ޗެނަލް އާއި ޕްރޮޑަކްޝަން ހައުސްއާ ދެކޮޅަށް އެފްއައިއާރްއެއް ނެރުމަށް ގޮވާލާފައެވެ. އަދި މިކަމާ ގުޅިގެން މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު ދޭވެންދުރަ ފަޑްނަވީސްއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. އަލިފާން ނިއްވާ ފަރާތްތަކުން ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށްފަހު، ސަރަހައްދު ރައްކާތެރިކަން ކަށަވަރުކުރުމުން 'ހަސްލް 5' ގެ ޝޫޓިން ވަނީ އަލުން ފަށައިފައެވެ.
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
ކޮމެންޓް