ފްލައިދުބާއީގެ މަތިންދާބޯޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓްގެ އަމާޒަކީ އިސްރާއީލުގެ ބެން ގޫރިއަން އެއާޕޯޓަށް ބޯޓު ވައްޓާލުން ކަމަށް، ތަހުގީގާ ގުޅޭ މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ދުބާއީއިން ފުރައިގެން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް 1073 ގައި ހިނގި މި ހާދިސާގައި، އޮމާނަށް ނިސްބަތްވާ ކޯ-ޕައިލެޓް ހަމާމް އަލް-ހައްމާމީ ވަނީ ކެޕްޓަނަށް ހަމަލާދީ ބޯޓުގެ ކޮންޓްރޯލް ހޯދަން މަސައްކަތްކޮށްފައެވެ. އެމެރިކާއާއި އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ސީބީއެސް ނިއުސް އަދި އޭބީސީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޫއޭއީގައި މިހާރު ކުރިއަށްދާ ތަހުގީގުގައި ކޯ-ޕައިލެޓް ވަނީ އޭނާގެ އަމާޒަކީ ބެން ގޫރިއަން އެއާޕޯޓަށް ނުވަތަ ތެލް އަވީވްގެ އުސް އިމާރާތަކަށް ބޯޓު ވައްޓާލުން ކަމަށް ބުނެފައެވެ.
ކަށަވަރުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، 174 ފަސިންޖަރުންނާއި 6 ކްރޫންނާއެކު ދަތުރުކުރި މި ބޯޓުގެ ކެޕްޓަން ސްމިތް މަޗްޗަރ އަށް ކޯ-ޕައިލެޓް ހަމަލާދިނީ ކޮކްޕިޓްގައި އޮންނަ ކުއްލި ހާލަތުގައި ބޭނުންކުރާ ކޯރާޑިއަކުންނެވެ. މި ހަމަލާއާ ގުޅިގެން ބޯޓު 33،000 ފޫޓުމަތިން 15،000 ފޫޓަށް ކުއްލިއަކަށް ތިރިވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން، ފަސިންޖަރުންނާއި ކްރޫން ވަނީ ކޯ-ޕައިލެޓް ހިފަހައްޓައިފައެވެ. އެއަށްފަހު ބޯޓުގައި ތިބި އޮފް-ޑިއުޓީ ދެ ޕައިލެޓުންގެ އެހީގައި ބޯޓު ވަނީ ސައުދީ އަރަބިއްޔާގެ ތަބޫކަށް ޖައްސައިފައެވެ.
މި ހާދިސާއާ ގުޅިގެން ފްލައިދުބާއީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮކްޕިޓް ތެރޭގައި ހަމަނުޖެހުމެއް ހިނގި ކަމަށާއި، ނަމަވެސް އޭގެ ސަބަބެއް އަދި ނޭނގޭ ކަމަށެވެ. ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން މި ހާދިސާ ސިފަކޮށްފައިވަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. އަދި އިސްރާއީލުގެ ތަހުގީގު ޓީމުތަކުން ބުނާ ގޮތުގައި މިއީ އެކަނި ހުރެގެން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ.
ފްލައި ދުބާއީ އެއާލައިން
ފްލައި ދުބާއީ އެއާލައިން
ފްލައި ދުބާއީ އެއާލައިން
ފްލައި ދުބާއީ އެއާލައިން
ކޮމެންޓް