ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ހައްލުކުރެވޭނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ސަލްޓަން ޕާކުގައި މިރޭ ބޭއްވި "އަހާ" ފޯރަމްގެ ހަތްވަނަ ސެޝަންގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެކަމަށާއި، ބިދޭސީ އާބާދީ ބޭރު ދުނިޔޭގައިވެސް ބަލައިގަންނަ މިންވަރަކަށް ދަށްކުރެވޭނެކަމަށް އިހުސާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ބަލަނީ 100 އިންސައްތަ ހާސިލުކުރުމަށް. ރާއްޖޭގައި އަޅުގަނޑުމެން އެޗީވް ކުރަން ބޭނުންވާ ނަތީޖާއަކީ އެއީ. މީގެ ތެރޭގައި އެބައުޅޭ ބަރާބަރަށް ފައިސާ ދައްކާ ދިވެއްސެއްގެ ނިވަލުގައި ތިބެގެން ފިޔަފާރި ބަރާބަރަށް ކުރަމުން އަންނަ މީހުން. ދިވެހި މީހާއަކީ ރެންޓް ހޯލްޑަރެއް އޭނާއަކަށް ނޭގެ މީނަ ކުރަނީ ކޮންކަމެއްކަމެއް. މިކަން ހައްލުކުރުމަށްޓަކައި ގާނޫނު އޮނިގަނޑައް ގެނެވުނު ބަދަލުތަކުގެ ތެރެއެއިން މިހާރު ބިދޭސީ ކޮންމެ މީހަކަށް އެމީހާ ގެނެސް އިހުމާލުވާ ފާރާތެއްގެ ތެރެއިން ބިދޭސީ ކޮންމެ މީހެއްގެ ބޮލަކަށް 50000 ރުފިޔާ ޖޫރިމާނާ ކުރެވޭނެ" އިހްސާން ވިދާޅުވިއެވެ.
އެއިރުން ދިވެހިން ކުރަމުންދިޔަ މަސައްކަތުގައި ހަރަކާތްތެރިވާ ބިދޭސީން ނެރެވި، އެ މަސައްކަތުގައި ދިވެހިން އަލުން ހަރަކާތްތެރިވާން ފަށާނެކަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، 1980 ގެ އަހަރުތަކުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާފައިނުވާ ކަމެކެވެ. ނަމަވެސް، މި ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި ޖުމްލަ 295,000 ބިދޭސީން ރެކޯޑް ކުރެވިފައިވާކަމަށެވެ. އޭގެތެރެއިން ފިންގާ ޕްރިންޓްނަގާ ކާކުކަން ދެނެގަނެވިފައިވަނީ އެންމެ 22,000 މީހުންކަމަށް އިހުސާން ވިދާޅުވިއެވެ.
ނަމަވެސް، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތުން 260,000 މީހުން ވެރިފައިކުރެވިފައިވާކަމަށާއި، މިވަގުތު ރާއްޖޭގައި ބަޔޯމެޓްރިކްސް ނުނެގި ތިބޭނީ އެންމެ އެއް ޕަސަންޓް މީހުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް ބަލާއިރުވެސް، އެ ގައުމެއްގެ ބިދޭސީ އާބާދީގެ ތެރެއިން ބަޔޯމެޓްރިކްސް ދެނެގަނެވިފައިނުވާ ނުވަތަ މައުލޫމާތު ފުރިހަމައަށް ނޭނގޭ މީހުންގެ އަދަދު އެއް ޕަސަންޓުގެ ތްރެޝްހޯލްޑްގައި ހިފެހެއްޓިފައި އޮތީ އެންމެ ތިން ގައުމެއްގައިކަމަށް އިހުސާން ވިދާޅުވިއެވެ.
އެއީ ރާއްޖެ، ސިންގަޕޫރު، އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް