ސިޑިއަކުން ވައްޓާލައިގެން އަންހެނެއްގެ މޯބައިލް ފޯނާއި، އޭނާގެ ކަރުގައި އަޅާފައި އޮތް ފައް ދަމައިގަތް މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ، މ. ނާލާފުށި ބަނަފްސާގެ މޫސާ ނާފިއުގެ މައްޗަށެވެ.
މި މައްސަލައަކީ ފަރީދީމަގުގައި ހުންނަ ވީރު ޖިމް ހިންގާ އިމާރާތުގައި، އިފާގާ އަލީ ހުއްޓައި، އޭނާގެ މޯބައިލްފޯނު އަތުލައި އޭނާގެ ކަރުގައި އަޅާފައި އޮތް ރިހި ފަށް ކަނޑާލާފައިވާތީ އާއި އެކަންކަން ކުރުމުގެ ތެރޭގައި އިފާގާ ސިޑިން ވައްޓާލުމުގެ ސަބަބުން އަނިޔާ ވެފައިވާތީ ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާތަކެެއްގެ މައްސަލައެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާތަކަށް ކޯޓުގައި އޭނާ ވަނީ އިއުތިރާފުވެސް ވެފައެވެ.
އެހެންކަމުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަަލަށްލާން އޭނާގެ މައްޗަށް ހުކުމް ކުރިއެވެ. އަދި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގައި 27 ދުވަހުގެ މުއްދަތަށް، މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު