ހިމަބިހީގެ އެކްޓިވް ކޭހެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށާއި ބަލީގެ ހާލަތު އޮތީ މުޅިން ކޮންޓްރޯލް ކުރެވިފައި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި މިނިސްޓަރު ގީލާ ރޭ ވިދާޅުވީ ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށާއި ނަމަވެސް، ރާއްޖެއިން ބޭރުން އަންނަ މީހުންގެ ފަރާތުން ރާއްޖެއިން ބަލި ފެނުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކަމުގައި އުސޫލުގެ ތެރެއިން އަބަދުވެސް ފިޔަވަޅުތައް އަޅާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ފަހުން މިދިޔަ މޭ މަހުގެ ތެރޭގައި ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާއިރު، އޭގެފަހުން މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 282 އަށް އަރާފައިވާ ކަމަށެވެ.
"ރާއްޖެއަށް އަންނަ މީހުންގެ ފަރާތުން އަދި އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ގޮސްއައިސް ހެދުމުގެ ތެރޭގައި ކަމަށް ބެލެވެނީ މިފަހަރުގެ ކޭސްތައްވެސް ފެށިގެން މިއައީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިދިޔަ މޭ މަހު ހިމަބިހީގެ ކޭސްތައް ފެނުމާއެކި މިހާތަނަށް ވެކްސިން ކެމްޕެއިންގެ ތެރެއިން 16000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ވެސް ދީފައިވާ ކަމަށެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.
އަލީ ޔާމިން
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ކޮމެންޓް