ކަލްކީ 2 ގެ މަސައްކަތް 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރޭގައި ފަށައި 2028 ވަނަ އަހަރު ނެރެން އަމާޒު ހިފާފައިވާ ކަމަށް ޑައިރެކްޓަރު ނާގް އަޝްވިން ބުނެފިއެވެ. މި ފިލްމުގެ ލީޑު ރޯލުން ފެންނާނީ އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ މިއަހަރު ނެރުނު ފިލްމު “ކަލްކީ 2898 އޭޑީ” ގެ ދެވަނަ ބައެވެ. ނާގް އަޝްވިން ބުނި ގޮތުގައި ފުރަތަމަ ބަޔަށް ވުރެ ދެވަނަ ބައިގެ ވާހަކަ އާއި ވިޝުއަލްސް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ ވަގުތު ބޭނުންވެއެވެ. އެހެންކަމުން ޝޫޓިން ފެށުމުގެ ކުރިން ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތަކަށް ދެ އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ފިލްމުގެ ލީޑު އެކްޓަރު ޕްރަބާސް މިހާރު މަސައްކަތްކުރަމުން އަންނަނީ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ “ސްޕިރިޓް” އަދި މަރޫތީގެ “ދަ ރާޖާ ސާބް” ގައި ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމުތަކުގެ މަސައްކަތް ނިންމާލުމަށްފަހު، 2026 ވަނަ އަހަރުގެ ފަހުކޮޅު ޕްރަބާސް “ކަލްކީ 2” ގެ ޝޫޓިންއާ ގުޅޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
“ކަލްކީ 2898 އޭޑީ” ގައި ޕްރަބާސްގެ އިތުރުން އަމީތާބް ބައްޗަން، ކަމަލް ހާސަން އަދި ދީޕިކާ ޕަދުކޯން ފަދަ ތަރިން ފެނިފައިވެއެވެ. ދެވަނަ ބައިން ވެސް މި ތަރިން ފެންނާނެ ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް