ތިން މިނިސްޓަރަކާ ސުވާާލު ކުރެވޭގޮތަށް އަހާ ފޯރަމް މާދަމާރޭ ބާއްވަން ނިންމައިފިއެވެ.
މިފޯރަަކީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާކޮށް، އެކަމަކަމާބެހެގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް މިނިސްޓަރުންނާ ކުރުމަށާއި، އެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ގެނެސްދޭ ފޯރަމެކެވެ.
މާދަންރޭ ރޭ 21:00 އިން ފެށޮގެން ދެގަޑިއިރަށް ކުރިއަށް ގެންދާ މި ފޯރަމްގައި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑއިގަންނަވަނީ، މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން އާއި މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ގެ އިތުރުން މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު އެވެ.
މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު އާންމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލުކުރެވޭނެއެވެ.
އިބްރާހިމް ޒަކީ
ބެންކޮކް
ރައީސް އޮފީސް
އިންގްލެންޑް
ބޭރު ކުޅިވަރު
ކޮމެންޓް