މައްކާގެ މަސްޖިދުލްހަރާމްގެ އިމާމު އަދި ހަތީބު ޝައިހް ޑރ. ޔާސިރް އައްދައުސަރީ ރާއްޖެއަށް ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނިންމުމުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގަތުމަކީ ރާއްޖެއަށާއި، ހާއްސަކޮށް ގުރުއާން އުނގެނޭ ދަރިވަރުންނާއި ޒުވާން ހަތީބުންނަށް ލިބޭނެ ވަރަށް އަގުހުރި އުފަލެއް ކަމަށެވެ.
ޑރ. ޔާސިރް ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާން ހަތީބުންގެ މަހާސިންތާގެ ތެރެއިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ މަހާސިންތާ އޮންނަ މުއްދަތުގައި ޑރ. ޔާސިރު ވަޑައިނުގެންނެވުނު ނަމަވެސް، މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާނު ނިމުމާއެކު ދަތުރު ކުރިއަށްދާނެ ސީދާ ތާރީހެއް އިއުލާންކުރައްވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް