ރާއްޖެއަށް 17 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ، ފިޔާތޮށިވިލާ (މިހާރު ދިރިއުޅޭ އެޑްރެސް، މާލެ، ގ. ބްލޫވިންގް) އަޒުހަދު ނަސީމް (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތުގައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި 17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފައިވެއެވެ.
މި މައްސަލައިގައި އަޒްހަދު ބަންދަށް މި މަހުގެ 8 ވަނަ ދުވަހު ޖެހީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އަޒްހަދު ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ. އެއީ އޭނާގެ ފަރާތުން މުޖުތައަމަށް ނުރައްކާވެދާނެ ކަމުގެ ސަބަބު އަދިވެސް ދެމި އޮތަތީއެވެ.
އަޒްހަދާ ދެކޮޅަށް ފުލުހުން ވަނީ ގއ. މާމެންދޫ، ނޫރަނިމާގެ ބަލައިފާސްކުރި ފޮޓޯ ރިޕޯޓު، ގއ. މާމެންދޫ، ފިޔާތޮށިވިލާ ބަލައިފާސްކުރިކަމުގެ ފޮޓޯ ރިޕޯޓު، ސީނަށް ދިޔަ ފުލުހެއްގެ ބަޔާން، ތަހުގީގު ބަޔާން، މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ތެކެތި ފެނިފައިވާކަމުގެ ހެއްކާއި އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އަޒްހަދަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ބެލެވޭ މީހެކެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ ރިކޯޑު އޮންނަ މީހެއްކަމަށް އަމުުރުގައި ބަޔާންކޮށްފައިވެއެވެ.
މީގެ ކުރިން އަޒްހަދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލަތަކަކީވެސް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކެއް ކަމަށާއި ކުށުގެ އަމަލު ހިންގުމުގައި ދާދި އެއްގޮތް ގޮތަކަށް އަމަލުކޮށްފައިވާކަމަށް ބެލެވޭކަމަށް އަމުރުުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުގައި ދިފާއުވުމަށް އަޒްހަދު ބުނެފައިވަނީ މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއާ ޖެހިގެން ހުރި ގެއިން ކަމަށާއި އޭރު އޭނާ ރަށުގައިވެސް ނެތް ކަމަށެވެ. އެހެންވެ، ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުވޭނެ އެއްވެސް ސަަބަބެއް ނެތް ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް