ޖަރުމަނު ދެވަނަ ޑިވިޝަނުގެ ކްލަބު ވުލްފްސްބާގާއި ކްރިސްޓިއަން އެރިކްސަން ހަދާފައިބާ އެއްބަސްވުން، ދެފަރާތުން ވާހަކަ ދައްކައިގެން އުވާލައިފިއެވެ.
އެރިކްސަން ވުލްފްސްބާގާއެކު ހަދާފައިވާ އެއްބަސްބުން 2027 ވަނަ އަހަރާ ހަމައަށް ހަމަވާން އޮތް ނަމަވެސް، އޭނާ އެއްބަސްވުން އުވާލީ މިވަގުތު އަމިއްލަ ގައުމުގައި އާއިލާއާއެކު އިތުރަށް ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށް ބުނެއެވެ. އުމުރުން 34 އަހަރުގެ އެރިކްސަންގެ ސިއްހީ މައްސަލަތަކަށް އަދިވެސް ޖުމުލަ ހައްލެއް ލިބިފައި ނުވާ އިރު، ޔުކްރެއިންއާ ދެކޮޅަށް މިދިޔަ ޖޫން މަހު ކުޅުނު މެޗެއްގައިވެސް ދަނޑު މައްޗަށް ވެއްޓިފައި ނުވެއެވެ.
އެރިކްސަންއަށް ފުރަތަމަ ހިތުގެ މައްސަލައެއް ދިމާވީ ޔޫރޯ 2020 ގައި ޑެންމާކަށް ކުޅުނު މެޗެއްގައެވެ. އެފަހަރު ކާޑިއެކް އެރެސްޓެއްގައި އެރިކްސަން ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓިފައިވާ އިރު، އޭގެފަހުން ކުޅެމުން ދަނީ ހިތުގެ ހިނގުން ރަނގަޅު ކުރުމަށް ހާއްސަ އައިސީޑީއެއް ލައްވައިގެންނެވެ.
އެރިކްސަން މިހާރު ނިންމާފައި ވަނީ ހިތުގެ މައްސަލަތަކުން ރަނގަޅުވުމަށް އަމިއްލަ ގައުމުގައި ހާއްސަ ރިހެބްލިޓޭޝަނެއް ކުރިއަށް ގެންދާށެވެ. އެކަން އޭނާ ވަނީ ޖުލައި މަހުވެސް އިއުލާނު ކޮށްފައެވެ. އެރިކްސަން ބުނީ ދެ ފަރާތް އެއްބަސްވެ، ކޮންޓްރެކްޓަށް ހައްލެއް ހޯދުނީތީ އުފާކުރާ ކަމަށާއި، ވުލްފްސްބާގުން އަނބުރާ ފުރަތަމަ ޑިވިޝަނަށް އަރަން ކުރާ މަސައްކަތުގައި އެ ކްލަބު މިހާރު ކުރަމުން ދަނީ ކާމިޔާބުވާނެ މަސައްކަތެއްކަން ޔަގީން ކަމަށެވެ.
އެރިކްސަން ވުލްފްސްބާގާ ގުޅުނުފަހުން މިހާތަނަށް 34 މެޗު ކުޅެފައިވެއެވެ. ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބާ ގުޅުނު އެރިކްސަން ވަނީ ތިން ގޯލް އެ ކްލަބަށް ޖަހައިދިނީ 10 ގޯލަކަށް އެސިސްޓް ކޮށްދީފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ކޮމެންޓް