މާލޭގައި ހިންގި ގްރޫޕު މާރާމާރީއެއްގައި މ. ސަރުމާގޭ އުމުރުން 14 އަހަރުގެ ފާތިހު މުހައްމަދު އަލީ މަރާލި މައްސަލައިގައި، މ.ކުރިރުއްގެ އިރުފާން ރުޝްދީގެ މައްޗަށް ދައުލަތުން ކުރި ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި އިރުފާންގެ މައްޗަށް ދައުލަތުން ކުރީ، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަަލައިގައި ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، އިރުފާން ރުޝްދީގެ މައްޗަށް ދައުލަތުން ކުޅަ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ މި ދައުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
ފާތިހު މަރާލާފައި ވަނީ، 2016 އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:00 ހާއިރު ސަރުމާގޭގެ ތެރޭގައި ބަޔަކު އޭނާއަށް ވަޅިޔަކުން ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް