ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ އެ އޮފީހުގެ މަސައްކަތްތަކުން ސަސްޕެންޑުކޮށްފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއުނާ ސަސްޕެންޑު ކުރީ ޕެންޝަން ބޯޑުގެ ބައެއް މެންބަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމުންނެވެ.

މި މައްސަލަޔާ ގުޅޭ މައުލޫމާތު ސާފުކުރަން އެ އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދަށް "ވަން" އިން ގުޅިނަމަވެސް ޖަވާބު ނުދެއްވާތީ، އެ އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޝިއުނާ ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އޭގެ ކުރިން އޭނާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސްކަމުގެ މަގާމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރައްވައިފަ އެވެ.