ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީގައި ސައުދީ އަރަބިއްޔާއަކީ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވާހާ ގުޅުވައިގެން ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ.
އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސައުދީގެ ގައުމީ ދުވަހުގެ ތަހުނިޔާ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި ޝާހީ އާއިލާ އަދި އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި ސައުދީއާ ދެމެދު އޮތީ ޒަމާންވީ ތާރީހީ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ އަދި އެއްގޮތް އިސްލާމީ ގަބޫލުކުރުންތަކެއް ހިއްސާކުރާ ވަރުގަދަ ގުޅުމެއް ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ސުއޫދީން ވެދެމުން އަންނަ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
"ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ގައުމުގެ ރަހުމަތްތެރިކަމާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބަ އޮތް" ރައީސް ވިދާލުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސައުދީއަށް ހަމަޖެހުމާއި ކުރިއެރުމާއި ކާމިޔާބީއަށް އެދޭ ކަމަށެވެ.
އަލީ ޔާމިން
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް