އެމެރިކާގެ އޮފިޝަލުންނާއި އީރާނުގެ އިސްވެރިންނާ ދެމެދު ތިން ގަޑިއިރުގެ ދިގު ބައްދަލުވުމެއް ބާއްވައިފި ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނިއުޔޯކްގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދިޔަ މި މަޝްވަރާތަކަކީ “ވަރަށް ރަނގަޅު” މަޝްވަރާތަކެކެވެ. ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން އިސް އޮފިޝަލުންތަކެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެހެންނަމަވެސް، އީރާނުގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ ކޮން ބޭފުޅުންނެއް ކަމެއް ޓްރަމްޕް ވިދާޅުވެފައެއް ނުވެއެވެ.
މީގެ އިތުރުން، ތިން ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ އެއްވެސް ތަފުސީލެއް އެމެރިކާގެ ރަސްމީ އިދާރާތަކުން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން އީރާނުގެ ސަރުކާރުން ވެސް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް