ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އަށް އަލަށް ވަންނަ ދަރިވަރުންނަށް ދޭ ސްކޮލާޝިޕް ސްކީމްގެ ދަށުން، މިއަހަރުގެ ދެވަނަ ސެމިސްޓަރަށް ހޮވުނު ދަރިވަރުންނަށް ސްކޮލާޝިޕް ދީފިއެވެ.
މި ސްކޮލާޝިޕްތައް ދަރިވަރުންނާ ހަވާލުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރުގެ އިތުރުން އެ ޔުނިވާސިޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އައިޔޫއެމް އިން ބުނި ގޮތުގައި، ދަރިވަރުންގެ ސްކޮލާޝިޕް ސްކީމްގެ ދަށުން މި ސެމިސްޓާގައި ޖުމްލަ 13 ދަރިވަރަކަށް ވަނީ ސްކޮލާޝިޕް އެވޯޑްކޮށްފައެވެ. މިއީ އެ ޔުނިވާސިޓީގެ ކޮންމެ އިންޓޭކެއްގައި އަލަށް ކޯސްތަކަށް ވަންނަ ދަރިވަރުންނަށް ޓިއުޝަން ފީ ހިލޭ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ސްކޮލާޝިޕް ސްކީމަކީ މިއަހަރުގެ ފުރަތަމަ ސެމިސްޓަރުން ފެށިގެން ހުޅުވާލައިގެން ކުރިއަށްގެންދާ ސްކީމެކެވެ. އައިޔޫއެމް އިން ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ހަމައެކަނި ދިވެހި ދަރިވަރުންނަށް ހާއްސަ ސްކީމެއް ނޫނެވެ. ދިވެހި ދަރިވަރުންގެ އިތުރުން ބިދޭސީ ދަރިވަރުންނަށް ވެސް މި ސްކީމްގެ ދަށުން ސްކޮލާޝިޕް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
ކޮމެންޓް