ގދ. ހޯނޑެއްދޫގެ މަގުތަކަށާއި އާންމު ސަރަހައްދުތަކަށް ޖަނަވާރާއި ދޫނިސޫފާސޫފި ދޫކޮށްލައިގެން ނުގެންގުޅުމަށް އެ ރަށު ކައުންސިލުން މިއަދު އަންގައިފިއެވެ.
ހޯނޑެއްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ރަށުގެ އެކި ސަރަހައްދުތަކުގެ މަގުމައްޗަށް ގޭގޭގައި ގެންގުޅޭ ކުކުޅާއި ހާ އަދި ޕެޓްސްގެ ގޮތުގައި ބަލަހައްޓާ އެހެނިހެން ޖަނަވާރުތައް ދޫކޮށްލާފައިވާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ.
އަދި މިކަމުގެ ސަބަބުން މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނަށާއި އަވަށްޓެރިންނަށް އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިލާންޖެހި، ރައްޔިތުންގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާކަމަށް ކައުންސިލުން ބުންޏެވެ.
ރައްޔިތުންނަށް ދިމާވާ މި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކައުންސިލުން ވަނީ، "މިގޮތަށް ރަށު ތެރެއަށް ކުކުޅުހާ އަދި ޕެޓްސްގެ ގޮތުގައި ގެންގުޅޭ އެންމެހާ ތަކެތި ދޫކޮށްލައިގެން ނުގެންގުޅުމަށް" ރަށުގެ އެންމެހާ ރައްޔިތުންގެ ކިބައިން އެދިފައެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ޒަމާނުއްސުރެ ވެސް ކުކުޅު، ހާ ފަދަ ދޫނިސޫފާސޫފި ކޮށީގައި ބަންދުކޮށްގެން ގެންގުޅުމުގެ ބަދަލުގައި، ރަށުތެރެއަށް މިނިވަންކަމާއެކު ދޫކޮށްލައިގެން ގެންގުޅުމަކީ އާންމު ކަމެކެވެ.
ގދ. ހޯޑެއްދޫ
ގދ. ހޯޑެއްދޫ
ގދ. ހޯޑެއްދޫ
ގދ. ހޯޑެއްދޫ
ކޮމެންޓް