ސޯސަންމަގުގައި ހުންނަ ސިޓީ ބޭކަރީ ކައިރީގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ.

އެ ސަރަހައްދުގައި ހުރި "ވަން" ގެ ނޫސްވެރިއަކު ބުނި ގޮތުގައި އެއް ސައިކަލުގައި ދަތުރުކުރީ އަންހެނަކާއި ފިރިހެނެކެވެ. އަދި އަނެއް ސައިކަލުގައި އިނީ ފިރިހެނެކެވެ.

މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ސައިކަލުގައި އިން އަންހެން މީހާއަށް ކަމަށާއި، އޭނާގެ ބޯ ފަޅައިގެން ގޮސް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަމަށް "ވަން" ގެ ނޫސްވެރިޔާ ބުންޏެވެ.

މީގެ އިތުރުން، މި އެކްސިޑެންޓުގައި ހިމެނޭ ދެ ފިރިހެނުންނަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.