ޖަޕާނުގައި ޖަޕާނުގެ އައިޗީ-ނަގޯޔާގައި އިއްޔެ ފެށި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސް 2026 ގެ ޝޫޓިން އިވެންޓްގައި ވާދަކޮށް، ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު ގައުމީ ރެކޯޑެއް އާކޮށްފިއެވެ.
އީޝާ ރެކޯޑު އާކޮށްފައި ވަނީ މިއަދު ކުރިއަށްދިޔަ އަންހެނުންގެ 10 މީޓަރު އެއާ ރައިފަލް އިވެންޓްގައި 624.1 ޕޮއިންޓް ހޯދައިގެންނެވެ. މީގެ ކުރިންވެސް އެ ރެކޯޑު އޮތީ އީޝާ އަތުގައެވެ. އީޝާ ކުރިން ރެކޯޑު ހަދާފައިވަނީ 2025 ވަނަ އަހަރު ނޭޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް 609.6 ޕޮއިންޓު ހޯދައިގެންނެވެ.
ނަގޯޔާގެ ޖެނެރަލް ޝޫޓިން ގެލެރީގައި މިއަދު ކުރިއަށްދިޔަ ޝޫޓިންގެ 10 މީޓަރު އެއާ ރައިފަލް އިވެންޓްގައި ރާއްޖޭގެ އިތުރު ދެ ޝޫޓަރުން ވާދަކުރިއެވެ. އެއީ އައިޝަތު އީން އަސްލަމާއި އައިނާ ޝޮއުއާ އަހުތަރެވެ. އީން ވަނީ މިއަދުގެ އިވެންޓްގައި 609.9 ޕޮއިންޓް ހޯދާފައެވެ. އައިނާ 599.5 ޕޮއިންޓް ހޯދި އިރު، ޝޫޓިންގައި ރާއްޖެއަށް ދެން އިވެންޓެއް އޮންނާނީ މާދަމާއެވެ.
މާދަމާ އޮންނަ ފިރިހެނުންގެ 10 މީޓަރު އެއާ ރައިފަލް އިވެންޓްގައި ދިވެހި ތިން ޝޫޓަރުން ވާދަކުރާނެއެވެ. އެއީ އަހުމަދު މާހިދު މުހައްމަދު، އުމަރު މުޙައްމަދު ނަޝީދުގެ އިތުރުން އިބްރާހީމް ޝިފާނެވެ.
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
ކޮމެންޓް