އަންނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ ބާޒާރުގައި ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށެވެ.
މިނިސްޓްރީން މިއަދު ބުނީ މިކަމަށް އެދި ހުރިހާ ރަށެއްގެ ކައުންސިލްތަކަށް އަންގާފައިވާ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް މިނިސްޓްރީއަށް ނަން ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިނިސްޓްރީން ބުނީ ނަން ހުށަހަޅާ ރަށްރަށުގެ އަދަދަށް ބެލުމަށްފަހު، އަންނަ އަހަރުގެ ރަމަޟާން މަހަށް މާރުކޭޓު ގާއިމުކުރާނެ ވަކި ސަރަހައްދެއް ކަނޑައަޅާނެ ކަމަށެވެ.
މިއަހަރު މި މާރުކޭޓު ގާއިމުކޮށްފައިވަނީ މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ.
މި ވަގުތީ މާރުކޭޓު ހިންގުމަށް މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައިވާގޮތުން، މިތަނުގައި ވިއްކޭނީ ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ އެކަންޏެވެ. އަދި މި މާރުކޭޓުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާކަމެކެވެ.
އަލީ ޔާމިން
ޚަބަރު
ޚަބަރު
ޚަބަރު
ކޮމެންޓް