ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ބޭނުންވާ ޝަރުތުތައް، މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރު މެދުވެރިކޮށް އެމެރިކާއަށް ހުށަހަޅައިފިއެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ މުހުސިން ރިޒާއީ ވިދާޅުވި ގޮތުގައި، އެމެރިކާއަށް މިހާރު ވާނީ އީރާނުގެ ޝަރުތުތައް އަންގައިފައެވެ. އޭނާ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މުއާމަލާތްކުރުމުގައި ގަތަރުން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށެވެ.
ރިޒާއީ ވިދާޅުވި ގޮތުގައި އީރާނުން ހުށަހެޅި މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ހުރިހާ ދިމާއަކުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުން ހިމެނެއެވެ. މީގެ އިތުރުން، ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް ވެސް އެމެރިކާއަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގަތަރު މެދުވެރިކޮށް އެމެރިކާއަށް މި ޝަރުތުތައް ހުށަހަޅާފައިވާއިރު، މިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތްޕުޅުން ޖަވާބަކަށް އިންތިޒާރުކުރަމުންދާ ކަމަށް ރިޒާއީ ފާހަގަކުރެއްވިއެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް