އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.
ޗެލްސީން ރަށުން ބޭރުގައި ބްރެންޓްފޯޑު އަތްދަށުވެފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުން ޗެލްސީއަށް ހޯދިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެޓީމު ކޮޅަށް ގޯލް ވަނުމުގެ މައްސަލައަށް ހައްްލެއް ލިބިފައިނުވާ އިރު، ޗެލްސީ ވަނީ ހަތްވަނައަށް ވެއްޓިފައެވެ.
އެއީ ފަސް މެޗުން ހަތް ޕޮއިންޓާއެކުގައެވެ. އެޓީމު ކޮޅަށް 12 ގޯލް މިހާތަނަށް ވަދެފައިވާ އިރު، އެއީ މި ސީޒަނުގައި ކޮޅަށް އެންމެ ގިނައިން ގޯލް ވަން ޓީމެވެ. ބްރެންޓްފޯޑުން ވަނީ ރޭގެ މެޗުން މޮޅުވެ ތިންވަނައަށް ޖެހިލައިފައެވެ. އެއީ ފަސް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.
ފުރަތަމަ ހާފު ވެގެން ދިޔައީ ވަނދު ހާފަކަށެވެ. މާގިނަ ހަމަލާތަކެއްވެސް ހާފުގައި ފެނިގެން ގޮސްފައެއް ނުވެއެވެ. ޗެލްސީގެ ހަމައެކަނި ހަމަލާ ޕެޑްރޯ ނެޓޯގެ ފަރާތުން ފެނިގެން ދިޔަ އިރު، އޭނާ ފޮނުވާލި ބޯޅަ މަތަކުރީ ކީޕަރު ކައޮމިން ކެލެހާއެވެ.
އޭގެފަހުން ކޯލް ޕާމާއާއި މޯގަން ރޮޖާސް ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، ރޮޖާސްގެ ހިލޭ ޖެހުން ދިޔައީ ސީދާ ކީޕަރު އަތަށެވެ.
ދެވަނަ ހާފުގެ މަންޒަރު ފެނުނީ މުޅިން ތަފާތު ކޮށެވެ. ކޯނަރެއްގައި ތަނަވަސްވި ފުރުސަތެއްގައި ޖައިޑޮން އެންތަނީ ބްރެންޓްފޯޑަށް ލީޑު ނަގައިދިން އިރު، އޭގެ ހުން 83 ވަނަ މިނެޓުގައި އީގޯ ތިއާގޯ ވަނީ ދެވަނަ ގޯލެއްވެސް ޖަހައިފައެވެ.
ބްރެންޓްފޯޑުން ތިން ޕޮއިންޓް ޔަގީންކުރީ ފަބިއޯ ކާވާލިއޯ ޖަހައިދިން ގޯލާއެކުގައެވެ. އެ ގޯލަކީ އެންމެ ފަހުވަގުތު ޖެހި ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް