ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓްގެ ގޮތުގައި ދެއްކި 50 މިލިއަން ޑޮލަރު ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ފައިސާއިންކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސުން އެގޮތަށް މިރޭ ބުނީ އެ ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިސާ ބޭނުންކުރިކަމަށް ބުނެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތަކަށް ދޮގު ކުރުމުގެ ގޮތުންނެވެ.
އެ މިނިސްޓްރީން ބުނީ، މި މަހުގެ 17 ވަނަ ދުވަހު ދައްކަންޖެހޭ މި 50 މިލިއަން ޑޮލަރަކީ ދުރާލައި އެކަމަށް ފުރިހަމައަށް ތައްޔާރުވެ، އެސްޑީއެފް ފަންޑުގައި ހުރި ފައިސާއިން ދެއްކި އަދަދެއް ކަމަށެވެ. އަދި މި ޓީ-ބިލް ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ ދައްކާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން އިއުލާން ކުރައްވާފައިވާނެކަމަށް ފިނޭންސުން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، 2019 ވަނަ އަހަރު ބަޖެޓަށް ފައިސާ ހޯދުމަށް ނެގި މި 150 މިލިއަން ޑޮލަރުގެ ދަރަނި، މި ސަރުކާރުން ދައްކައި ނިންމާލީ ތިން ބަޔަކަށް ބަހާލައިގެންނެވެ.
- ޖެނުއަރީ 2024: 50 މިލިއަން ޑޮލަރު
- މެއި 2024: 50 މިލިއަން ޑޮލަރު
- ސެޕްޓެމްބަރު 2026 ބާކީ އޮތް 50 މިލިއަން ޑޮލަރު
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް