"ހިޔާވެހި" ފައިނޭންސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 839 މީހަކަށް ފައިސާ ދޫކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ ސްކީމުގެ ފުރަތަމަ ބުރުގެ ތެރެއިން 891 ފަރާތަކަށް މާލީ އެހީ ދިނުމަށް ކަނޑައަޅާފައިވާއިރު، މިހާތަނަށް ބޭންކުތަކުން އެޕްރޫވްކޮށްފައިވާ 839 ފަރާތަށް ދޫކުރާ ފައިސާގެ ޖުމްލަ އަދަދު 1.08 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
ހިޔާވެހި ސްކީމް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާ ރަށްވެހި ސްކީމަށް 1،329 އެޕްލިކޭޝަން ލިބިފައިވާއިރު، ތިން މިލިއަން ރުފިޔާ ދޫކުރާ ސަހަރު ސްކީމަށް 586 އެޕްލިކޭޝަން ވަނީ ލިބިފައިކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހަ މިލިއަނާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާ ފަހިމާލެ ސްކީމަށް 341 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އަހަރަކު ޖުމުލަ ދެ ބިލިޔަން ރުފިޔާ ދޫކުރުމަށް އަމާޒު ހިފާފައިވާ އެ ސްކީމަށް އެއް ބިލިޔަން ރުފިޔާ ސަރުކާރުން ހަމަޖައްސައިދޭއިރު، ބާކީ ބައި ހަމަޖައްސަނީ ބޭންކުތައް މެދުވެރިކޮށެވެ. މިއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް، ފަސް ޕަސެންޓުގެ ފައިދާއެއްގައި ކުރިއަށްގެންދާ އަދި އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބޭ ލުއި ސްކީމެކެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރާ އެ ލޯނުތައް އެ ބޭންކުން ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނުވަވަނަ ދުވަހުގައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
ކޮމެންޓް