މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނީ، ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އައްޔަންކޮށްފައިވަނީ ގއ. ވިލިނގިލި، ވިޝަން، ބުޝްރީ މުހައްމަދު އަދި ގއ. ނިލަންދޫ، ވައިލެޓްވިލާ، ނާސިހް އިބްރާހިމް ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގެ ބޯޑަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުންނެވެ.

އެ ކުންފުނީގެ ބޯޑުގައި ތިއްބަވަނީ އަލަށް އައްޔަންކުރެއްވި ދެ ބޭފުޅުންގެ އިތުރުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަހީދު އިބްރާހިމް އިތުރުން ދެ ނަން އެގްޒެކެޓިވް ބޯޑު މެންބަރުންކަމަށްވާ މަހުމޫދު ރަމީޒް އަބްދުއް ރަހްމާން އަދި އަބްދުﷲ އާދިލް އެވެ.