ދުޝްމަނުން ނައްތާލުމާ މެދު ބޮޑު ނިންމެވުމެއް ނިންމެވުމާ ގާތަށް ވަޑައިގެންފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ 'އެކްސިއޯސް' އަށް ދެއްވި އިންޓަވިއުއެއްގައެވެ.
އީރާނާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުގެ އެތެރޭގައި ކުރިއަށްދާ މަޝްވަރާތަކަށް އިޝާރާތްކުރައްވައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ މެދު ވަރަށް ފުންކޮށް ގެންދަވަނީ ވިސްނަވަމުންނެވެ.
ދުޝްމަނުން އެއްކޮށް ނައްތާލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި، އެކަމާ މެދު ވަރަށް އަވަހަށް މުހިންމު ގޮތެއް ނިންމަވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، ދެން އެންމެ އަވަހަށް އަޅުއްވާނެ ފިޔަވަޅަކާ މެދު ވިސްނަވަމުން ގެންދަވާއިރު، "ކޮންމެ ފަދަ ކަމެއް ވެސް ހިނގައިފާނެ" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައިގައި ވަކި ގޮތަކަށް އަމަލުކުރުމަށް އަދި ކަނޑައަޅުއްވާފައެއް ނުވެއެވެ. ނަމަވެސް، އީރާނާ މެދު އެމެރިކާއިން ގެންގުޅޭނެ ސިޔާސަތުތައް ބައްޓަންކުރުމުގައި ހުރިހާ އިހުތިޔާރެއް ވެސް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މި ރިޕޯޓުގައި އެކްސިއޯސްއިން ބުނެފައިވަނީ، ޓްރަމްޕްގެ މި ވާހަކަތަކަކީ އީރާނާ ގުޅޭގޮތުން އެމެރިކާއިން އަޅާނެ ފިޔަވަޅުތަކާ މެދު ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅު ހާމަކޮށްދޭ ވާހަކަތަކެއް ކަމަށެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް